އދ. މާމިގިލިން ގެއްލިގެން ހޯދަމުންދިޔަ ސ.މީދޫ ތިޔަރުމާގެ މުހައްމަދު އަޝްފާޤު(27) ދާދި ދެންމެ އަކު ފެނިއްޖެ ކަމަށް މާމިގިލީ ކައުންސިލުން ބުނެފި އެވެ.
އދ. މާމިގިލީގައި ދިރިއުޅެމުންދާ އަޝްފާގު ގެއްލިގެން ހޯދަން ފަށާފައިވަނީ ރޭ ދަންވަރު ގާތްގަޑަކަށް 12:00 އިން ފެށިގެންނެވެ. އެ ރަށުން މައުލޫމާތު ދިން މީހަކު ބުނެފައިވަނީ އަޝްފާޤު ފެނިފައިވަނީ ފަޅުގެއެއްގެ ތެރޭގައި ނިދާފައި އޮތްވާ އެ ރަށު މީހަކަށް ކަމުގައެވެ. އަދި ފެނުނު އިރު އޭނާގެ ހާލު ރަނގަޅުކަމަށާއި އޭނާ ފެނުނު ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާކަމަށެވެ
އާއިލާއާއި އެކު އަދ.މާމިގިލީ ގައި ދިރިއުޅެމުންދާ އަޝްފާގު ގެ ހަބަރެއް ނުވެގެން ފުލުހުންނާއި ކައުންސިލުންނާއި ރައްޔަތުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައިވާއިރު ރަށުގެ ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަޝްފާޤު ގެއްލުމުގެ ކުރިން އޭނާގެ ލޯބިވެރިޔާއާއި ޖެހުނު މައްސަލަތަކެއްގެ ސަބަބުން ދެމީހުން ވަކިވެފައިވާ ކަމަށް އަޝްފާޤު ވަނީ ގިނަ ބައެއްގެ ގާތުގައި ބުނެފައެވެ. އަދި މިހާރު އެ ވާހަކަތައް އޭނާ ފުލުހުންނާއިވެސް ވަނީ ހިއްސާކޮށްފައެވެ