English Edition
Dhivehi Edition
02 ޑިސެންބަރު 2019: ފުލުހުންގެ ބެލުމުގެ ދަށުގައިހުރި 70 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުން - ފޮޓޯ: ޕޮލިސް

ރާއްޖެ އައި ފަތުރުވެރިއެއްގެ އަތުން 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ އެއީ ވަައިގެ މަގުން ރާއްޖެއައި ފަތުރުވެރިއެއް ކަމަށާއި މިތަކެތި އަތުލައިގަނެފައިވަނީ މެއި 3 ވަނަ ދުވަހު ކަމަށެވެ.

ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ރާއްޖެއައި ފަސިންޖަރެއްގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން (Cocaine – 4,226 grams) އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.226 ކިލޯ ހުރިއިރު، މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކުރެވިފައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.