English Edition
Dhivehi Edition
ރައީސް ޔާމީން އަތޮޅުތެރެއަށް މިހާރުކުރައްވާ ދަތުރުފުޅުގައި މާލެއަތޮޅު ގުރައިދޫގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންޒާރު ދިން މައްސަލައިގައި، ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރައީސް ޔާމީނަށް އިންޒާރުދީ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގެ މައްސަލަ 2 މެއި ގައި ސިޓީއަކުން އެ އިދާރާއަށް ހުށަހަޅާފައިވާކަމަށެވެ، އަދި 3 މެއި 2022 ވަނަ ދުވަހު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަަލަވެސް ބަލައިދިނުމަށް ސިޓީ އަކުން އެދިފައިވާކަމަށެވެ. “މި ސިޓީ ތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދަނީ” ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހެޅިތާ ދެތިން ދުވަސް ފަހުން އެކަންތައް ބަލަމުންދާ ކަމަށް ހާމަކޮށްފައިވާއިރު، އިންޒާރުދިން މީހާ އިންޑިއާއަށް ގޮސްފައިވާކަމުގެ އަޑުތައްވަނީ ފެތުރިފައެވެ.

ފަހަކަށް އައިސް ފުލުހުންގެ މީޑިއާ ގުރޫޕްގައި، ނޫސްވެރިންކުރާ ސުވާލުތަކަށް ފުލުހުން ޖަވާބު ނުދޭ މައްސަލަ ބޮޑުވެފައިވާއިރު، މި މައްސަލައާއި ގުޅޭ ގޮތުންވެސް ފުލުހުން މައުލޫމާތު ހާމަކޮށްފައިވަނީ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރަން ފެށުމުންނެވެ.