English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، އީދުދުވަހު ކާން ވަރަށް މީރު ޑިޝްއެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “މަޓަން ބިރިޔާނީ”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

500ގ ބާސްމަތީ ހަނޑޫ

500ގ މަޓަން (ކުދިކޮށް ކޮށާފައި)

2 ސައިސަމްސާ މުގުރި ދިރި

1 ޖޯޑު ކަނަމަދު

ރާނބާފަތްކޮޅެއް ބައި އިންޗިއަށް ބުރިކޮށްފައި

3 ބޭލީފް ކޮޅެއް

4 ހިކަނދިފަތް

ބައިޖޯޑު ހަނާކުރި ހަވާދު ފުނޑާފައި ނުވަތަ (ޗިކެން މަސާލާ، ބިރިޔާނީ މަސާލާ)

500ގ ފިޔާ ކޮށާފައި

1 މޭޒުމަތީ ސަމްސާ އިނގުރު ގާނާފައި

1 ޖޯޑު ހިކި މޭބިސްކަދުރު

1 ޖޯޑު ކެޝޫނަޓް

2 ޓޮމާޓޯޕޭސްޓް ދަޅު

8 ބިސް ފެނުކައްކާ ފަޅިކޮށްފައި

1 ގިތެޔޮމިރުސް ކޮށާފައި

2 ސައިސަމްސާ ފޮނިތޮށި ކާފޫރުތޮޅި (މުގުރާފައި)

ރީނދޫ ކުލަހިފާވަރަށް

ޖިންޖާ ގާލިކް ޕޭސްޓް

ލޮނު

2 ޓޮމާޓޯ ކުދިކޮށް ކޮށާފައި

1 ޖޯޑުބޯކިރު/ ޔޯގަޓް

ތައްޔާރު ކުރާނެގޮތް:

ފުރަތަމަ 4 ރާނބާފަތޮކޮޅު ނޫނީ ބޭލީފް ކޮޅާއި ކާފޫރު ތޮޅި އެއްކޮށްގެން ކުލަހިފާވަރަށް ރީނދޫ ލާފައި ބަތް ކައްކާފައި ބަހައްޓާށެވެ.

ދެން ތަވާޔަށް ތެޔޮ އަޅާލުމަށްފަހު ތެޔޮފޮދު ހޫނުވީމާފިޔާކޮޅުގެ ދެބައިކުޅެ އެއްބައި ރަތްވަންދެން ތެލުލާފައި ނާގާފައި ޓިޝޫގައި ފަތުރާލާފައި ބަހައްޓާށެވެ. މޭބިސްކަދުރާއި، ކަނަމަދު، ކެޝޫނަޓް ވެސް ގޯލްޑެން ބްރައުން ކުލަ އަރަންދެން ތެލުލާފައި ބަހައްޓާށެވެ.

ވަކިންތެއްޔަކަށް ތެޔޮފޮދެއް އަޅާފައި އުދާލުމަށްފަހު ތެޔޮހޫނުވީމާ ޖިންޖާ ގާލިކް ޕޭސްޓް، ފިޔާ،ހިކަނދިފަތް، ގިތެޔޮމިރުސް، ރާންބާފަތް އަޅާލުމަށްފަހު ފިޔާރަތްވެލީމާ ހަވާދުގެ ހުރިހާ ބަވަތް ތަކާއި ޓޮމާޓޯޕޭސްޓް ވެސް އެއްކޮށްލާފައި 3 ޖޯޑުފެން އެޅުމަށްފަހު ކައްކާށެވެ. ކެކިގަތީމަ ކޮށާފައި ހުރި މަޓަން މަސްކޮޅު އަޅާލުމަށްފަހު ބޯކިރު ނުވަތަ ޔޯގަޓް އަޅާފައި ލޮނު ހެހެޔޮވަރު ކޮށްފައި މަޓަންކޮޅު މަޑުވަންދެން މަތި ޖަހައިގެން ކައްކާށެވެ.

ކަނަމަދު، ފިޔާ، ކެޝޫނަޓް، މޭބިސްކަދުރު މި ތިންބައި އެއްކޮށްލުމަށްފަހު ވަކިން ބަހައްޓާށެވެ. ދެން ބޮޑު ތައްޓެއްގައި ދެ އިންޗި ބޯމިނަށް ބަތް ފަތުރާލާފައި ރިހަކޮޅެއް ލޭޔަރ ކޮށް އަޅާފައި އެއްކޮށްފައި ހުރި ކަނަމަދު، ފިޔާ، މޭބިސްކަދުރު، ކެޝޫނަޓް އެތިންބައިން އެތިކޮޅެއް ބަތުގެ މައްޗަށް ބުރުވާފައި ފަޅިކޮށްފައި ހުރި ބިސްތަކުން ބިސްކޮޅު މައްޗަށް އަޅާށެވެ، ބަތާއި ރިހަ ހުސްވަންދެން މިހެން ލޭޔަރ ހަދާލާށެވެ.

ނޯޓް: މަޓަން ބިރިޔާނީ ގާނިޝް ކޮށްލުމަށް ކޮރިއަންޑަރ ނުވަތަ މިންޓް ފަތްކޮޅެއް ބޭނުން ކޮށްލެވިދާނެއެވެ.