English Edition
Dhivehi Edition

ޓެކްސީކުރާ މީހަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ދުއްވާ ޓެކްސީއަށްއަރާ މީހުންނަށް ބިރުދައްކައި އިންޒާރުދޭ ކަމުގެ ތުހުމަތުގައެވެ. ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. ފުލުހުންގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގައި މިއަށްވުރެ އިތުރަށް މައުލޫމާތު ދެވެންނެތްކަމަށް ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ. އެހެންނަމަވެސް ފުލުހުންގެ އިސްބޭފުޅަކާ ހަވާލާދީ “މިހާރު” އިން ބުނެފައިވަނީ ބިރުދެއްކިޔަސް އެމީހާ ފޭރެން މަސައްކަތް ނުކުރާ ކަމަށެވެ. އެހެންނަމަވެސް އޭނާގެ ފަރާތުން ބިރުވެރި އެހެން އަމަލުތައް ފެންނަމުންދާ ކަމަށެވެ. އޭގެ އިތުރަށް ޓެކްސީއަށް އަރާ މީހުންގެ ގަޔަށް އަތްލުމާއި ބުނާތަންތަނަށް މަޑުނުކުރުންފަދަ ކަންކަންވެސް އެމީހާގެ ކިބައިން ފެންނަމުންދާ ކަމަށް ބުނެފައިވެއެވެ.