English Edition
Dhivehi Edition

އައްޑޫސިޓީގައި މިހާތަނަށް ރަޖިސްޓްރީ ނުކޮށް ބޭނުން ކުރަމުން ގެންދާ ކަނޑު އުޅަނދުފަހަރުތައް ރަޖިސްޓްރީކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖެ ކަނޑުދަތުރު ކުރުމާއިބެހޭ ޤާނޫނު ނަންބަރު؛ 69/78 ގެދަށުން ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެއްތަނުން އަނެއްތަނަށް އަދި އެއްރަށުން އަނެއް ރަށަށް ކަނޑުދަތުރު ކުރެވޭނީ އެއުޅަނަދެއް ޤަވާޢިދާއި އެއްގޮތަށް ރަޖިސްޓްރީ ކޮށްގެންކަމަށެވެ.

އެހެންކަމުން މިހާތަނަށް ރަޖިސްޓްރީ ނުކޮށް ބޭނުން ކުރަމުން ގެންދާ އުޅަނދުފަހަރުތައް 15 މޭ 2022 ގެ ކުރިން ޤަވާޢިދާއި އެއްގޮތަށް ރަޖިސްޓްރީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އަދި މިމުއްދަތުގެ ފަހުން ރަޖިސްޓްރީ ނުކޮށް ދުއްވާ އުޅަނދުފަހަރުތައް އެއިދާރާއިން ޗެކުކުރުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.