English Edition
Dhivehi Edition

ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރަން ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ “ނަލަނަލަ ރާއްޖެ” ސޯޝަލް މީޑިއާ ކޮންޓެސްޓުގެ، އެސޯސިއޭޓެޑް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީއިން މި މުބާރާތް އުރީދޫއާ ގުޅިގެން ހުޅުވާލުމާއެކު އެ ކުންފުނިން ދުނިޔޭގައި ހިދުމަތްދޭ، 10 ގައުމެއްގެ 117 މިލިއަން މީހުންނަށް، މި މުބާރާތް ފޯރައިގެންދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރުގެ މުނާސަބަތަށް، ޚާއްޞަކޮށް ކުރިއަށްގެންދާ މި މުބާރާތުގެ މަޤުޞަދަކީ އިންސްޓަގްރާމް، ފޭސްބުކް އަދި ޓިކްޓޮކް ގެ ޒަރިއްޔާއިން 50 އަހަރުފުރޭ ރަން ޔޫބީލް އަހަރުގެ ތީމްލަވަ އިޝްތިހާރު ކުރުމެވެ.ލިޕްސިންކް ކުރާ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުން، މޮޅުވާ ފަރާތްތަކަށް ހޮލިޑޭ ޕެކޭޖުތަކާއި އަގުހުރި ފައިސާގެ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހުރިހާ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭ މިޗެލެންޖްގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި، 60 ސިކުންތަށް ވުރެ ދިގުނޫން ވީޑިއޯއެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކް ގައި ޙިއްސާކުރާއިރު، ކޮންމެ ވީޑިއޯއެއްގައި ޗެލެންޖަށް ޚާއްޞަ ކުރެވިފައިވާ ހޭޝްޓެގްތައް ހިމަނަން ޖެހެއެވެ. އަދި މިނިސްޓްރީން ދީފައިވާ އޮފިޝަލް އެކަންޓްތައް ޓެގް ކުރަން ޖެހެއެވެ.

12 މާރިޗް އިން 30 ޖޫންގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ ވަނަތައް ހޮވާނީ ދިވެހިންނާއި ބޭރު މީހުން ވަކިންނެވެ. މުބާރާތުގެ އެއްވަނައަށްދާ ދިވެހި ނަސީބުވެރިއަކަށް 25،000ރުފިޔާ އާއި އުރީދޫ މައިފައި ޑިވައިސްއެއް ލިބިގެންދާނެ އެވެ. އަދި ބޭރު މީހުންނަށް ހޮލިޑޭ ޕެކޭޖެއްގެ އިތުރުން މައިފައިއެއް ލިބޭނެ އެވެ.