English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އުރީދޫ ހެޑް އޮފީހުގައި ފަޔަރ އިވެކުއޭޝަން ޑްރިލްއެއް ކުރިއަށް ގެންގޮސްފިއެވެ.

ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑް އޮފީހުގައި ޑިސެމްބަރު 29 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަން ޖެހޭނެ ގޮތްތައް ޢަމަލީގޮތުން ވަނީ ފަރިތަކޮށްފައެވެ.

މިގޮތުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ޚިދުމަތް ހޯދުމަށް އައިސްތިބޭ މީހުން ސަލާމަތްތެރި ހިސާބަކަށް ގެންދާނެ ގޮތްތައް ފަރިތަކޮށްފައިވެއެވެ. މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އެ އޮފީހުގައި މަސައްކަތްކުރައްވާ 200 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ. ފަޔަރ އިވެކުއޭޝަން ޑްރިލް ހިންގުމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގާ ފަޔަރ އިވެކުއޭޝަން ޑްރިލްތަކަކީ ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޑްރިލްތަކެކެވެ.

ޓެގު