English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްގެ އީ-ކޮމާރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭ އޮފާއެއް ފަށައިފިއެވެ.

“އީދު ހަދިޔާ”ގެ ނަމުގައި ފެށި މި އޮފާގައި މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އާއި ރަހްމަތްތެރިންނަށް، ހަދިޔާގެ ގޮތުގައި ”ފައިވް ޕީސް ބްރައުނީޒް ބޮކްސް”, ”10 ޕީސް ބްރައުނީޒް ބޮކްސް” ފޮނުވާލެވޭނެއެވެ.

އުރީދޫއިން ބުނީ މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭނީ އުރީދޫގެ އެޕް މެދުވެރިކޮށް މޫލީ އަށް ވަދެގެންކަމަށެވެ. އަދި އީދު ހަދިޔާ އަށް އޯޑަރުކުރާތާ ދެ ދުވަސް ތެރޭގައި އެ ހަދިޔާ ލިބެންޖެހޭ ފަރާތަކަށް ފޯރުކޮށްދޭނެ ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ،

ޢީދު ހަދިޔާ ފޮނުވުމަށް އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރުމަށްފަހު ކެޓެގަރީތަކުގެ ތެރެއިން އީދު ހަދިޔާ ހިޔާރުކުރާށެވެ. އަދި ބޭނުންވާ ހަދިޔާ ހިޔާރުކުރުމަށްފަހު ކާޓްއަށް ގޮސް ޗެކްއައުޓް ކުރާށެވެ. ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖަހައި، އޯޑަރު ކަށަވަރު ކުރުމަށްޓަކައި ޕޭމަންޓް ކޮންފާމް ކުރައްވާށެވެ.

އުރީދޫ އިން “އީދު ހަދިޔާ” ގެ ނަމުގައި ހާއްސަ އޮފާއެއް ތައާރަފްކޮށްފައިވަނީ 2020 ވަނަ އަހަރުގައެވެ.