ފިތުރު އީދުގެ މުނާސަބަތާ ގުޅިގެން އަންނަ ހަފުތާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބޭންކް ބަންދުކޮށްފައި ހުންނާނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ހަތް ދުވަހަށެވެ.
ބީއެމްއެލްއިން ނެރެފައިވާ ބަޔާނުގައިވަނީ އޭގެ ކުރިން، މޯލްޑިވްސް މޮނިޓަރީީ އޮތީރިޓީން ނިންމާފައިވާ ގޮތުގެ މަތިން އަންނަ ހޮނިހިރު ދުވަހު ހެނދުނު 9:30އިން މެންދުރު 12:00އަށް ބީއެމްއެލްއިން ޚިދުމަތް ދޭނެކަމަށެވެ. އަދި އެ ދުވަހު ހެނދުނު 11:00ގެ ކުރިން ޖަމާކުރާ ޗެކުތަކާއި، ޕޭރޯލް ރިކުއެސްޓު، އަދި ފައިސާ ފޮނުވުމަށް ހުށަހަޅާ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އަދި އެ ދުވަހު 11:00ގެ ފަހުން ހުށަހަޅާ ހުށަހެޅުންތައް ޕްރޮސެސްކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތެއްގެ ފަހުންކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.
އީދާއި ގުޅިގެން ހަތް ދުވަހަށް ބޭންކް ބަންދުކުރި ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ އިިތުރުން ފައިސާ ފޮނުވުމުގެ ޚިދުމަތް މެދުކެނޑުމެއްނެތި 24 ގަޑިިއިރު ލިބޭނެ އެވެ. އަދި ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ޚިދުމަތްތައްވެސް ލިބިގެންދާނެއެވެ.
މީގެ އިތުރުން ބީއެމްއެލް އިން ވަނީ އީދު ބަންދު ދުވަސްތަކުގައި އިންޓަނެޓު ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގެ ޚިދުމަތް ހޯދުމަށް އިލްތިމާސްކޮށްފައެވެ.