English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ޑައެޓް ކުރައްވާ ބޭފުޅުން ވެސް ނުވަތަ ބަނޑަށް ފަސޭހަކޮށްލައި ފައިދާހުރި އެއްޗެއް ރޯދަވީއްލުމަށް ފަހު ކާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޑިނާއެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ބްލޫބެރީ މަފިން އޯވަރނައިޓް އޯޓްސް” ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:(1 ތަށްޓަށް)

40ގ (1/2 ޖޯޑު) ރޯލްޑް އޯޓްސް

100 އެމްއެލް ކިރު

50ގ ނެޗުރަލް ޔޯގަޓް

70ގ ބްލޫބެރީ

1/2 މޭޒުމަތީ ސަމުސާ ނަޓްމެގް (ނުވަތަ ކޮކޯޕައުޑަރ)

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ މިލްކްޝޭކް ޖާއެއް ނަގާފައި އޭގެ ތެރެއަށް އޯޓްސް، ނަޓްމެގް، ކިރު އަދި ޔޯގަޓް އަޅާލާފައި ރަނގަޅަށް ސަމުސަލަކުން އެއްކޮށް ލާށެވެ. ދެން މައްޗަށް ބްލޫބެރީ އަޅާ ލުމަށްފަހި ޖާގެ މަތިޖަހާފައި ފްރިޖްގައި ބަހައްޓާފައި ސާރވް ކުރާށެވެ.

ނޯޓް: މި “ބްލޫބެރީ މަފިން އޯވަރ ނައިޓް އޯޓްސް” ރޯދަ ވީއްލާގަޑީގައި ކާން ބޭނުންނަމަ ހާރުކާ ގަޑީގައި ތައްޔާރު ކޮށްލާފައި ފްރިޖްގައި ބަހައްޓާފައި ރޯދަވީއްލުމަށް ފަހު ސާރވް ކުރާށެވެ.