ދިރާގުން ކުރިއަށް ގެންދިޔަ “ސަބްސްކްރައިބް އެންޑް ވިން” ގެ ނަސީބުވެރިން ހޮވާ އިނާމު ދީފިއެވެ.
ދިރާގު ޓީވީ ކަނެކްޝަނެއް އަލަށް ނަގާ ފަރާތްތަކަށް އެ ކުންފުނިން ހިންގި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައި، އިނާމު ދީފައިވަނީ ދިރާގުގެ މައި އޮފީހުގައި ބޭއްވި ހަފްލާއެއްގައެވެ.
ދިރާގު ޓީވީގެ ‘ގޯލްޑް’ ޕެކޭޖު ނެގި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނީ އަލީ އަބްދުއްޞަމަދެވެ. އޭނާއަށް ވަނީ ‘ސެމްސަންގް ޒެޑް ފޯލްޑް 3’ ފޯނެއް ދީފައެވެ.
“ސްޓާޓަރ”، “ބޭސިކް” އަދި “ގޯލްޑް” ޕެކޭޖު ނެގި ފަރާތްތަކުގެ ތެރެއިން ނަޞީބުވެރި ދިހަ ފަރާތަކަށް ހޮވުނީ އާމިނަތު ޝާތިރާ، މުހައްމަދު ސައުފަން، އަހުމަދު ނަޖީބު، އިބްރާހިމް ޒަމީރު، ފާތިމަތު ސަނާ، މޫސާ މަނިކުފާނު، އަހުމަދު ސުޖާން، އަހުމަދު ހަލީލް، ސަމީރު އަހުމަދު، އަހުމަދު ރަޝީދެވެ.
އެފަރާތްތަކަށް އިނާމެއްގެ ގޮތުން ވަނީ އެ މީހަކު ޚިޔާރުކުރާ ޗެނަލްތަކެއް ހަ މަސްދުވަސް ވަންދެން ހިލޭ ބަލައިލުމުގެ ފުރުޞަތު ދީފައެވެ. އަދި އެ މީހަކު ބޭނުންވާ ޕެކޭޖެއް ޚިޔާރުކުރުމުގެ ފުރުޞަތު ވެސް ވަނީ ދީފައެވެ.
ދިރާގު ޓީވީ އަކީ 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތަކާއި ކުޑަކުދިންގެ މެދުގައި މަޝްހޫރު ޑިޒްނީ ޗެނަލްތައް ވެސް ހިމެނއެެވ.
މީގެ އިތުރުން ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް އަދި ސްޓާރގެ ޗެނަލްތައް، ރާއްޖެ އާއި ބޭރު ދުނިޔޭގެ ޚަބަރު ޗެނަލްތަކާއި އަލް ޤުރްއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ވެސް ހިމެނެއެވެ.
ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ދިރާގުން ވަނީ ރާއްޖޭގެ 82 އިންސައްތަ ގޭބިސީއަށް ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައެވެ.