English Edition
Dhivehi Edition

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ އިޙްޔާ ފޯރަމް މިރޭ ވެސް އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 7 ވަނަ ޕްރޮގްރާމް މިރޭ އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ.

މިރޭގެ މަޢުޟޫއަކަށް ”އެންމެ ރިވެތި ވާހަކަ” ހަމަޖައްސާފައިވާ އިރު، ތަޤްރީރުކުރައްވާނީ އަލްއުސްތާޛް މުޙައްމަދު އަނީލް އަދި އައްޝައިޚް ނިމާލް މުޙައްމަދު ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. މިރޭގެ ފޯރަމް ކުރިއަށް ދާނީ 21:30 އިން 22:30 އަށެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ރ. ދުވާފަރުގައި ބާއްވާ ފޯރަމް އޮންނާނީ މާދަމާ ރޭ، 18 އޭޕްރިލް 2022ގައި އެރަށު ޕްރައިމަރީ ސްކޫލުގައި ބޭއްވުމަށް މިހަރުވަނީ ނިންމާފައެވެ. މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ އައްޝައިޚް ޢަބްދުﷲ ރަޝީދު އަދި އައްޝައިޚް މުޙައްމަދު ޝިފާނެވެ. ތަޤްރީރު ކުރައްވާނީ ”އީޖާބީ ވިސްނުން” މި މައުޟޫއަށެވެ.