ތިނަދޫ ދެކުނު އަވަށަށް ނިސްބަތްވާ އަވަށެއް ކަމުގައިވާ ދަނޑުކޮޑޭ އަވަށު ރޯދަވީއްލުން ޖޯޝުގައި ބާއްވައިފިއެވެ.
ރޯދަވީއްލުން އިންތިޒާމުކުރި އިސްފަރާތުން އޭއޯ ނިއުސްއަށް މަޢުލޫމާތު ދިން ގޮތުގައި މިރޯދަ ވީއްލުމަކީ އަވަށު ފޯރި ދިރުވާ އާލާ ކުރުމުގެ ފެށުމެކެވެ.
ދަނޑުކޮޑޭ އަވަށު ޚާއްޞަ ރޯދަވީއްލުންވީ ވަރަށްވެސް ކާމިޔާބު ރޯދަވީއްލުމަކަށެވެ. ރޯދަވީއްލުން އިންތިޒާމް ކުރި ހީވާގި ޓީމުން ފާހަގަކުރި ގޮތުގައި ގޭބިސީ ތަކުންދިީފައިވާ އެއްބާރުލުމަކީ ރޯދަވީއްލުން ކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބެވެ. ހިނިތުންވުމާއިއެކު ބައިވެރިވާނެ ކަމަށް ބުނެ ކޮންމެ ގޭ ބިސީއަކުންވެސް ރޯދަވީއްލުމަށް ބާވަތެއް ތައްޔާރުކޮށް ޢާއިލާ އާއިއެކު އެންމެން ވެސް ބައިވެރިވިއެވެ. އަދި ވަކިން ޚާއްޞަ ޝުކުރެެއް ދަނޑުކޮޑޭއަށް ނިސްބަތްވާ ވިޔަފާރިވެރިން ކަމުގައިވާ އަލީ މޫސާ އާއި ފަޒީލް އަދި އެހެން ހުރިހާ ވިޔަފާރިވެރިން ވެސް ދަންނަވާކަމަށްވެެެެއެވެ.
މީގެ އިތުރުން ތިނަދޫގައި ޒަމާނީ ފެންވަރަށް ކެންވަސް ޕްރިންޓިންގ، ޓީ ޝާރޓް ޕްރިންޓް ކުރަމުންދާ ނޮވަޓެކް ވެސް ފާހަގަކޮށް ޝުކުރު ދެންނެވިއެވެ.
އޭއޯ ނިއުސްއަށް މަޢުލޫމާތު ދެމުން ދަނޑުކޮޑޭ އަވަށު އިސްފަރާތަކުން ހާމަ ކުރިގޮތުގައި ދަނޑުކޮޑޭ އަވަށަކީ ފެށުނީއްސުރެ ވެސް އެކުވެރި އެއްބައިވަންތަ ބަޔަކު އުޅޭ އަވަށެެއް ކަމަށެވެ. ފަސް ޖެހުމެއްނެތި އެންމެން އެކުގައި ނުކުމެ މަސައްކަތް ކުރާ ހީވާގި ކަނބަލުންނާއި ޒުވާނުންތިބި އަވަށެއް ކަމަށެވެ.
އެ އަވަށަކީ ހަރުދަނާ ދުރުވިސްނޭ އިސްރަށްވެހިން އުޅޭ އަވަށެކެވެ. ކުރިއަށް އޮތް ތާނގައިވެސް ދަނޑުކޮޑޭ އަވަށް ކުރިއެރުވުމަށް އެކި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށްވެއެވެ. އެގޮތުން ފިތުރު ޢީދު ދުވަހުގެ ހެނދުނު ދަނޑުކޮޑޭ ކަނބަލުން އިސްނަގައިގެން ހެނދުނު ސަޔެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.