English Edition
Dhivehi Edition

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ފޯރަމް ގައި މިރޭގެ މަޢުޟޫއަކީ ”ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން” ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 5 ވަނަ ޕްރޮގްރާމް މިރޭ އިސްލާމީ އޮންނާނީ މަރުކަޒުގައި ކަމަށާއި މިރޭ ތަޤްރީރުކުރައްވާނީ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި ޑރ. އަނާރާ ނަޢީމް ކަމަށެވެ.

މި ފޯރަމް ބާއްވަނީ ކޮންމެ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ 21:30 އިން 22:30 އަށެވެ. އަދި އާދިއްތަ އަދި ބުރާސްފަތި ދުވަހު މާލެ ސިޓީ، އިސްލާމީ މަރުކަޒުގައި އިޙްޔާ ފޯރަމްތައް ކުރިއަށްގެންދާއިރު، ހުކުރު ދުވަހުގެ ރޭގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދަނީ ރާއްޖޭގެ އެކި އަތޮޅުތަކުގައެވެ.

އެގޮތުން މި އޭޕްރިލް މަހުގެ އަށެއްގައި ކުޅުދުއްފުށި ސިޓީގައި އިޙްޔާ ފޯރަމް ބާއްވާފައިވާއިރު، ދެން އެންމެ އަވަހަށް މި ފޯރަމް އޮންނާނީ 15 އޭޕްރީލްގައި އައްޑޫ ސިޓީގައި، 22 އޭޕްރީލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރީލްގައި ރ. ދުވާފަރުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.