ގއ. ދާންދޫ ސްކޫލުގެ ކްލާސް ރޫމެއްގެ ސީލިންގ ފަންކާއެއް ވެއްޓި އަންހެން ދަރިވަރަކަށް އަނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ހިނގި މި ހާދިސާގައި ފަންކާ ވެއްޓި ޖެހުނީ ގްރޭޑް ހައެއްގައި ކިޔަވަމުންދާ އަންހެން ދަރިވަރުގެ އަތުގައެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުއްޖާގެ އަތް ވަރަށްބޮޑަށް ދުޅަވެފައިވާ ކަމަށާއި ބޭރުފުށުން އިތުރު އަނިޔާއެއް ލިބިފައިވާކަން ނޭނގޭ ކަމަށެވެ.
ފަންކާ ވެއްޓެން މެދުވެރިވީ ސަބަބަކީ ފަންކާ ހަރުކޮށްފައިހުރި ބުޅިގަނޑު ނެއްޓިގެން ކަމަށް ވެސް އޭނާ ބުންޏެވެ.