English Edition
Dhivehi Edition

ބާނާ މަސްތައް ނުކިރޭތީ ދެކުނުގެ މަސްވެރިން އިހުތިޖާޖު ކުރަންފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލ. އަތޮޅު ވެސް ހިމެނޭހެން ދެކުނުގެ 5 އަތޮޅުގެ މަސްވެރިން މި އިހުތިޖާޖުގައި ބައިވެރިވާއިރު، މި އިހުތިޖާޖުގައި މަސްވެރިން ބުނަމުންދަނީ ބާނާ މަސްކޮޅު ނުކިރިގެން މަސްވެރިން އުޅެންޖެހޭ ހާލު ސަރުކާރަށް ނޭނގޭ ކަމަށެވެ.

ކޫއްޑޫ ބަނދަރު ތެރޭގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިން ބުނަނީ މަސް ކިރެންދެން އިހުތިޖާޖު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ ދެކުނަށް މިދިޔަ ހަފްތާގައި މަސްވެރިކަން ރަގަޅުވެފައިވާއިރު، ކޫއްޑޫގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސްބާނަމުން ދިއުމާއި ގުޅިގެން މިފްކޯއިންވަނީ މަސްކިރުން ކޮންޓްރޯލުކޮށް، ކޮންމެ ދޯންޏަކަށް ދުވާލަކު 5 ޓަނަށް ލިމިޓް ކޮށްފައެވެ.

ކޫއްޑޫއަށް މަސްކިރުން ކޮންޓްރޯލު ކުރުމުން މަސްވެއރިންގެ ވާހަކަތައް އަޑިއެއްސެވުމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ކޫއްޑޫއަށް ވަޑައިގެން ވިދާޅުވެފައިވަނީ މަސްކިރުމަށް ވަގުތީ ހައްލެއް ގެނައުމަށް މިފްކޯއިން ބޭރުން ބޯޓެއް ގެންނަން މަސައްކަތް ކުރަމުންދާކަމަށެވެ.