English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ތުނޑި

ފުވައްމުލައްސިޓީގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑު ކުރުމުން އެކަމުގެ ނުރުހުން ގިނަ ބަޔަކު ފާޅުކުރަމުންދަނިކޮށް އެކަމާ ގުޅޭ ކުއްލި ބައްދަލުވުމެއް ބާއްވަން ފުވައްމުލައްސިޓީ ކައުންސިލުން ނިންމައިފިއެވެ.

އޭއޯނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު 10 ޖަހާއިރު ފެށޭ އެބައްދަލުވުމުގައި ސަފާރީން ނަގަން ނިންމި ފީ އަށް ލުޔެއް ދިނުމާމެދު ގޮތެއް ނިންމުން އޮންނާނެއެވެ.

ފުވައްމުލައްސިޓީގެ ބަނދަރަށް ވަންނަ ސަފާރީތަކުން މީގެ ކުރިން ނަގަމުން އައި 50 ޑޮލަރުގެ ބަދަލުގައި މިހާރު ނަގަނީ 500 ޑޮލަރެވެ. ސިޓީ ކައުންސިލްގެ މިނިންމުން ތަންފީޒު ކުރަން ފަށާފައިވަނީ އޭޕްރީލް 1 އިން ފެށިގެންނެވެ.

ފުވައްމުލައް ސިޓީގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑު ކުރުމުން،ގިނަ ބަޔަކު ދަނީ އެކަމުގެ ނުރުހުން ފާޅުކުރަމުން ނެވެ.

2022 ޖެނުއަރީ 12 ވަނަ ދުވަހު ބޭއްވި ސިޓީ ކައުންސިލްގެ 33 ވަނަ ޖަލްސާއިން ނިންމި އެ ނިންމުމަކީ ފުވައްމުލައް ސިޓީގެ ބަނދަރުގެ ޖާގައިގެ ދަތިކަން އޮތުމާއެކު ކޮންމެހެން ބަނދަރަށް ކައިރިކުރަން މަޖުބޫރު އުޅަނދުތައް ފިޔަވައި ސަފާރީ ފަދަ އުޅަނދުފަހަރު ލަފާ ފުރުން މަދުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.