English Edition
Dhivehi Edition

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މެދުކެނޑިފައި އޮތް އުރީދޫ މަސް ރޭސް ފަށައިފިއެވެ.

މިއަހަރުގެ އުރީދޫ މަސް ރޭސް އިއްޔެ ފަށާފައިވާއިރު، ހަ ޓީމަކުން އިއްޔެ ވަނީ މަހަށް ފުރާފައެވެ.

އުރީދޫ މަސް ރޭހުގައި އިއްޔެ މަހަށް ފުރި ޓީމުތަކަށް މަރުހަބާ ކިޔުމަށް އުސްފަސްގަނޑު ސަރަހައްދުގައި ޖަޖުންނާއި އޮފިޝަލުން ތިބިއިރު، ހަބޭސް ބޮޑުބެރު ޓީމުގެ ހިްތގައިމު ހުށަހެޅުންތައް ދިޔައީ ދައްކައިދެމުންނެވެ.

މިއަހަރުގެ މަސް ރޭހުގައި 23 ޓީމެއް ބައިވެރިވާއިރު އެއްވަނައަށް ދާ ޓީމަށް 50،000 ރުފިޔާ ދިނުމަށް އުރީދޫން ވަނީ ނިންމާފައެވެ.

އިއްޔެ މަހަށްފުރި ޓީމުތަކުގެ ތެރެއިން މަސް ކިރުވުމަށް އުސްފަސްގަނޑަށް އެންމެފުރަތަމަ އައީ، މޯލްޑިވްސް ޕޯސްޓް އޮފީހުގެ “ޓީމް ޕޯސްޓް” އެވެ. ދެން ޓީމް އާރްޑީސީ އައިއިރު ތިން ވަނައަށް އައީ ޓީމް ގޯޅިއަންސް އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާ “ޓީމް ބޮއި” އަށް މަސްކިރުވަން އާދެވުނީ އެންމެފަހުންނެވެ.

އިއްޔެ މަހަށްދިޔަ ޓިމުތަކުގެ ތެރެއިން އެންމެ ބަރުމަސް ބާނާފައިވަނީ ޓީމް އާރްޑީސީންނެވެ. އެއީ 11.95 ކިލޯގެ މަހެކެވެ.

އުރީދޫ މަސްރޭސް ބާއްވަނީ ރޯދަ މަހުގެ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގެ ރޭގަނޑެވެ. ނަމަވެސް ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި މުބާރާތް ނޯންނާނެއެވެ.