English Edition
Dhivehi Edition

ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރަން އުފެއްދި، އެސްއެމްއީ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު ފުރުސަތު ހުޅުވާލާފައިވަނީ ދަނޑުވެރިކަމަށް ދޫކުރުމަަށް ހަމަޖެހިފައިވާ “ދަނޑުވެރި ނަފާ” ލޯން އާއި “ވިޔަފާރި އެހީ” ލޯނަށް އެދުމުގެ ފުރުސަތެވެ. ލޯނަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ. އަދި އެސްޑީއެފްސީ އިން ދޫކުރާ އެހެން ލޯނުތަކަށް ކުރިމަތިލުމުގެ ފުރުސަތު މެއި މަހު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

އެސްޑީއެފްސީ އަކީ މިސަރުކާރުގެ އެއް ވަޢުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސައި ދިނުމުގެ ގޮތުން ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ.

ސަރުކާރާއި މާލެ، ފުވައްމުލައް އަދި އައްޑޫ ސިޓީ ކައުންސިލްގެ ހިއްސާއާއި އެކު އުފައްދާފައިވާ ބޭންކް، އެސްޑީއެފްސީ އިން ވަނީ 2021 ވަނަ އަހަރު މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް ލޯނު ދޫކޮށްފަ އެވެ.