English Edition
Dhivehi Edition

ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫޢުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ހާބަރ ބްރިޖްގެ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 88,623 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރުމާއި، 114 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ނިންމާފައެވެ. އަދި 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2250 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.

66.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ހިމަނާފައެވެ.