English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

އެވަޓަން ދަނޑުގައި ކުޅުނު މި މެޗުން ޔުނައުޓެޑް ބަލިވީ 1-0 ގެ ނަތީޖާއިންނެވެ.

މިރޭގެ މެޗު ފެށިގެން ވެސް ޔުނައިޓެޑުގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. އެވަޓަންއިން ރަނގަޅަށް މި މެޗުގައި ކުޅުނު އިރު، މި މެޗުގައި އެވަޓަން އިން ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 27 ވަނަ މިނެޓުގައެވެ. އެވަޓަން އަށް މި މެޗުން ލީޑު ނަގައިދިން ލަނޑު ކާމިޔާބު ކޮށްދިނީ އެންތަނީ ގޯޑަން އެވެ. އޭރިއާބޭރުން ގޯޑަން ފޮނުވާލި ބާރު ހަމަލާ ޔުނައިޓެޑުގެ ގޯލަށް ވަނީ ޔުނައިޓެޑްގެ ކެޕްޓަން، ހެރީ މެގުއާ ގައިގައި ޖެހިފަ އެވެ.

މިރޭ އެވަޓަން އަތުން ޔުނައިޓެޑް ވި ބައްޔާއި އެކު އެޓީމަށް ގަދަ ގަތަރަކަށް އަރަން އޮތް ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. މިރޭ އެވަޓަން އަތުން ވި ބައްޔާއި އެކު އެޓީމު މިވަގުތު އޮތީ ކުޅުނު 31 މެޗުން ލިބުނު 51 ޕޮއިންޓާއި އެކު ތާބަލްގެ ހަތް ވަނާގައެވެ.

މިރޭގެ މެޗުން ބަލިވުމުން ޔުނައިޓެޑަށް ގަދަ ހަތަރަކަށް އެރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއިރު، އެޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.