English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ ފޮޓޯ: އޭއޯ ނިއުސް

އައްޑޫ ސިޓީ ގެ ރައްޔިތުންނަށް ބޯފެން ލިބުން ދަތިވެ، ފެނަށް ޖެހިއްޖެއެވެ.

އައްޑޫ ސިޓީ އަށް ވާރޭ ނުވެހޭތާ ގިނަ ދުވަސްވެފައިވާއިރު، އެ ސިޓީގެ ގިނަ ފިހާރަތަކުންވެސް ވަނީ ފެން ހުސްވެފައެވެ. ‘އޭއޯ ނިއުސް’ އަށް މައުލޫމާތު ދެމުން އައްޑޫ ސިޓީގައި ފެންވިއްކުމުގެ ވިޔަފާރި ކުރާ ފަރާތަކުން ބުނީ މި ދުވަސްކޮޅު މާލެ އިން ވެސް ފެން ލިބުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. އަދި މިހާރު، ގެނައުމަށް ހަމަޖެހިފައިވާ ޝިޕްމެންޓްވެސް، ލިމިޓްކޮށް ވިއްކަން ނިންމާފައިވާކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

މިހާރު ފެން ލިބެން ހުރި މަދު ފިހާރަތަކުންވެސް ލިމިޓްކޮށް ފެން ކޭސް ވިއްކަމުން ދާއިރު، މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ.” މިހާރު އެންމެ ކުޑަ ފުޅިވެސް މި ވިއްކަނީ ލިމިޓްކޮށް، މިއަދުވެސް މީދޫ އިން ފެން ނުލިބިގެން ފޭދޫ އިން ގަންނަން މިޖެހުނީ. ފޭދޫ އިން ވެސް މީހަކަށް ދެ ކޭސް މި ވިއްކަނީ. މި ރަމަޟާން މަހު ފެން ހުސްވެ، ފެން ހޯދުމަށް ގިނަ ދަތިތަކެއް އަންނަނީ ކުރިމަތިވަމުން” މީދޫ އިން ވާހަކަދެއްކި މީހަކު ބުންޏެވެ،

އައްޑޫ ސިޓީ އިން ފެން ހުސްވެ ފެނަށް ޖެހިފައިވާއިރު، ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިޔުއެސްސީގެ ދަށުން ހިންގާ ކުންފުންޏެއްގެ އުފެއްދުމެއްކަމަށްވާ “ތާޒާ” ފެން އެއްވެސް ދަތިކަމެއް ނެތި ލިބޭނެކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީން އުފައްދާ ތާޒާ ފެނުގެ ރަނގަޅު ސްޓޮކެއް އެބަހުރިކަމަށާއި، ރޯދަމަހު އެއްވެސް ދަތިކަމެއް ނެތި ފެން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އެބައޮތްކަމަށެވެ.

 

1 ކޮމެންޓް
ފެން ފިޅި
އޭޕްރީލް 9, 2022
ޝާހު ބަލަ އައްޑޫ އަށް ތާޒާ ޔޫ ސަޕްލައި ކޮށްފެލަ ޝާހުރުކު ކަމުގައި ނިހެދި