English Edition
Dhivehi Edition
އައްޑޫން އަތުލައިގަތް ޕާޓީ ޑްރަގްސްތައް – ފޮޓޯ : ކަސްޓަމްސް

ޕާޓީ ޑްރަގްގެ ނަމުގައި މަޝްހޫރުވަމުން އަންނަ ޑްރަގުގެ މައްސަލަ ރާއްޖޭގައި އެހާ އާންމުނޫން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހެން ވިދާޅުވީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ. ފުލުހުން މިބަޔާން ނެރުނުއިރު އައްޑޫސިޓީއަށް އެތެރެކުރަން އުޅުނު މިފަދަ ޑްރަގްތަކެއް ކަމަށް ބެލެވޭ އެއްޗެއްވަނީ އަތުލައިގެންފައެވެ. ފުލުހުން ވިދާޅުވެފައިވަނީ އެފަދަ މައްސަލައަކީ އާންމުކޮށް އެ މުއައްސަސާއަށް ހުށަހަޅާ މައްސަލައެއް ނޫންކަމަށެވެ. އަދި ރާއްޖޭގެ ސްކޫލްތަކަށް އެ ޑްރަގު އާންމުވަމުންދާ ކަމަށް ދެކެވޭ ވާހަކައަކީވެސް ދޮގެއް ކަމަށް ވިދާޅުވެފައިވެއެވެ.

އެފަދަ ހަގީގަތެއްނެތް ވާހަކަތައް ފަތުރައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށް ފުލުހުންވަނީ އިލްތިމާސް ކުރައްވައިފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ވަރަށް އިސްކަން ދެއްވައިގެން ބަލަމުން ގެންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އައްޑުއަށް އެތެރެކުރި ޕާޓީ ޑްރަގުވެސް މިހާރުދަނީ ފުލުހުންގެ ލެބޯޓަރީގައި ޓެސްޓް ކުރަމުން ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.