English Edition
Dhivehi Edition

އުރީދޫ މަސް ރޭހުގެ ޕްރިންޓިންގ ޕާޓްނަރއަކަށް ޕްރިންޓް ލެބް ހަމަޖައްސައިފިއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހު އެ ކުންފުނިން ބާއްވަމުން އަންނަ ފޯރިގަދަ މަސް ރޭސް މިއަހަރު މި ބާއްވަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

ކޮވިޑް-19 ގެ ޢާލަމީ ބަލިމަޑުކަމުގެ ސަބަބުން މި މުބާރާތް ނުބޭއްވި ދިއުމަށްފަހު މިއަހަރު ބާއްވާއިރު، މިއަހަރުގެ ރޭހުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރި ހުރިހައި ޓީމުތަކަށް ވަނީ ފުރުޞަތު ދީފައެވެ. އެގޮތުން 23 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ އުރީދޫ މަސްރޭހުގެ ޕާޓްނަރއެއްގެ ގޮތުގައި ޑީޓެކް ކުންފުނި ވެސް ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން މި ރޭސް ކާމިޔާބު ކުރާ ޓީމަކަށް އެވުންރޫޑް ބްރޭންޑްގެ 8.9 ހޯސްޕަވަރގެ އިންޖީނެއް އެ ކުންފުނިން ވަނީ ހުށަހަޅާފައެވެ.

މި މުބާރާތުން އެއް ވަނައަށް ހޮވޭ ޓީމަކަށް 50،000ރ. ލިބޭނެއިރު، އެންމެ ގިނަ މަސް ބާނާ މީހަކަށް 5،000ރ. ލިބޭނެއެވެ. އަދި އެންމެ ބަރު މަސް ބާނާ މީހަކަށް 5،000ރ. ގެ އިނާމެއް ލިބޭނެއެވެ.