English Edition
Dhivehi Edition
ރާއްޖޭގެ މަސްވެރިންތަކެއް މަސްބާނަނީ - ފޮޓޯ: ކުރެދޫ ރިސޯޓް

މަހަށް ރަނގަޅު އަގެއް ނުދެވޭއިރު މަހުގެ އަގު ކޮންޓްރޯލް ކުރުމަކީ ލޯނު ނަގައިގެން ދޯނި ބަންނަ އޮޑިވެރިޔާއަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް ޒުވާން މަސްވެރިޔާ ބުނެފިއެވެ.

“ޒުވާން މަސްވެރިޔާ” ގެ ފޭސްބުކް ޕޭޖުގައި މިހެން ބުނެފައި މިވަނީ ރާއްޖޭގެ ދެކުނަށް މަސްވެރިކަން ރަނގަޅުވެފައިވާތީ މިފްކޯ އިން މަސްގަތުން ކޮންޓްރޯލު ކުރުމުންނެވެ.

ޒުވާން މަސްވެރިޔާގެ އެފްބީ ޕޭޖުގައި ބުނެފައިވަނީ ކޫއްޑޫއަށް މަސްގަތުން ކޮންޓްރޯލްކޮށް ދުވާލަކު 5 ޓަނު މަސް ކިރުމަށް ނިންމުމަކީ މަސްވެރިންނާއި ދެވޭ ބޮޑު ގެއްލުމެއް ކަމަށެވެ.

https://web.facebook.com/ZuvaanMasveriya/

މިފްކޯ އިން މަސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕެއްގައި އެ ކުންފުނިން ބުނެފައިވަނީ ރާއްޖޭގެ ދެކުނަށް އާދަޔާ ޚިލާފަށް މަސްވެރިކަން ރަގަޅުވެ، ކޫއްޑޫގެ ފްރީޒިންގ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ބާނަމުންދާ ކަމަށެވެ. އަދި ދުވަހުން ދުވަހަށް މަސްވެރިން ބާނާ މަސް ކިރުމުގެ ގޮތުން ކޮންމެ ދޯންޏަކުން ވެސް ދަުވާލަކަށް ކިރަމުންދާނީ 5 ޓަނުގެ މަސް ކަމަށެވެ.

ދެކުނަށް މަސްވެރިކަން ރަނގަޅު މި ހަފްތާގައި ދޯނިތަކުން ގިނަ އަދަދަކަށް މަސްބާނަމުން ދިއުމާއި ގުޅިގެން އިއްޔެއިން ފެށިގެން މަސްކިރުވުމަށް ގިނަ އަދަދެއްގެ ދޯނިތަކެއްވަނީ ކިއު ހަދާފައެވެ.