English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އާއިލާގެ ކުދި ބޮޑު އެންމެނަށް ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ ލެމަން މޮހީޓޯ ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި: (6 ތައްޓަށް)

60ގ ހަކުރު

12 މިންޓްފަތް

1 ލުނބޯ ތުނިކޮށް ފޮތިޖަހާފައި

300ލމ ފްރެޝް ލުނބޯ ޖޫސް

1 ޖޯޑު އައިސް (ކްރަޝްޑް)

ފިނިކޮށްފައި ހުރި ސޮޑާ ވޯޓަރ

ތައްތާރުކުރާނެގޮތް:

އެންމެ ފުރަތަމަ ތަށްޓަށް މިންޓް ފަތްކޮޅަކާ ހަކުރު އެޅުމަށްފަހު ހަކުރާއި މިންޓް ފަތް އެއްވާގޮތަށް އުލަކުން ފަތް ޗަސް ކޮށްލާށެވެ. ދެން ފޮތިކޮށްފައި ހުރި ލުނބޯ ތައްޓަށް އަޅާފައި އޭގެ މައްޗަށް އަނެއްކާ މިންޓް ފަތް ކޮޅެއް އަޅާލާށެވެ. ދެން ލުނބޯ ޖޫސް އެޅުމަށްފަހު މައްޗަށް އައިސް ކިއުބް އަޅާފައި ސޮޑާ ވޯޓާއެޅުމަށް ފަހު ސާރވް ކުރާށެވެ.