English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އާއިލާގެ ކުދި ބޮޑު އެންމެނަށް ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ޗޮކޮލެޓް މިލްކް ޝޭކް” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

2 ތައްޓަށް

4 ސްކޫޕް ވެނީލާ ނުވަތަ ޗޮކްލެޓް އައިސްކްރީމް

1/2 ޖޯޑު ފިނި ކިރު

1/4 ޖޯޑު (ހާޝޭސް) ޗޮކްލެޓް ސިރަޕް

ވިޕިންގ ކްރީމް އަދި ޗޮކްލެޓް (ގާނިޝްކުރުމަށް)

ތައްޔާރުކުރާނެގޮތް:

އައިސްކްރީމް، ކިރު އަދި ޗޮކްލެޓް ސިރަޕް ބްލެންޑަރަށް އަޅާފައި ގިރާލާށެވެ. ތަށި ނަގާފައި ތައްޓަށް މިލްކް ޝޭކް އެޅުމުގެ ކުރިން ތަށީގެ އަރިމައްޗަށް ޗޮކްލެޓް ސިރަޕް އަޅައި ގާނިޝް ކުރުމަށްފަހު މިލްކްޝޭކް އަޅާލާށެވެ. އިތުރަށް ގާނިޝް ކުރުމަށް މިލްކްޝޭކްގެ މައްޗަށް ވިޕިންގ ކްރީމް އަޅާފައި ޗޮކްލެޓް ގާނާފައި އެޅުމަށްފަހު ސާރވް ކުރާށެވެ.