English Edition
Dhivehi Edition

ދެމީހަކަށް ތުރުކީ ދެކޮޅު ޓިކެޓާއި 1،000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.

މިއީ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ޚާއްސަކޮށްފައިވާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުގައި ދެ މީހަކަށް ތުރުކީ ދެކޮޅު ޓިކެޓާއި 1،000 ޑޮލަރު ލިބޭނެއިރު، ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯނު 13 ޕްރޯއެއް ލިބޭނެއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން އަންނަ މެއި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާޗެންޓުންނާއެކު ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ޚިދުމަތް ބަލައިގަންނަ ބޭންކެވެ. އަދި ބީއެމްއެލް އަކީ ރާއްޖޭގައި އެކްސްކުލޫސިވްކޮށް އެމެރިކަން އެކްސްޕްރެސް ޚިދުމަތްދެމުންދާ ބޭންކްވެސް މެެއެވެ.