English Edition
Dhivehi Edition

ދުވަން ނުވަތަ ހިނގަން ދިއުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. ދުވުން ނުވަތަ ހިނގަން ފެށުމުގެ ކުރިން ރަނގަޅު ވާމްއަޕެއް ކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ޑައިނަމިކް ވާމްއަޕެއް ކުރުމުން ރަނގަޅު ކަސްރަތެއް ކުރުމަށް މަގުފަހިވެއެވެ. މި ދިރާސާގައި ވާމްއަޕަކަށް ފަހުގައާއި އިށީނދެގެން ހުރުމަށްފަހު ބައިވެރިންގެ ދުވުން ވަނީ ޓެސްޓު ކޮށްފައެވެ. ޑައިނެމިކް ސްޓްރެޗަކަށްފަހު ދުވާއިރު ބައިވެރިންނަށް 2 މިނެޓާއި 30 ސިކުންތު ގިނައިން ދުވެވޭ ކަމަށް މި ދިރާސާއިން ދައްކައެވެ.

ދިރާސާގައި ބޭނުންކޮށްފައިވާ ޓެކްނިކް

ހިޕް ފްލެކްސަރ ސްޓްރެޗް

ކޮޅަށްހުރެ ކަނާތު ކަކުލުހުޅު ލަންބައި މެޔާ ދިމާއަށް ގެންނާށެވެ. އަދި ހަމައެއާއެކު، ފޮޓޯއިން ފެންނަ ގޮތަށް ވައަތް ކުރިއަށް ގެންނާށެވެ. އަނެއް އަތާއި ފަޔަށް ބަދަލުކޮށް ތަކުރާރު ކުރަމުން ގެންދާށެވެ.

ލެގް ފްލެކްސަރ ސްޓްރެޗް

ކަނާތް އުޅަބޮށްޓާ ހަމައިން ލަންބައިލައި ކުރިއަށް ގެންނާށެވެ. ނުވަދިހަ ޑިގްރީއަށް ކަނާތް ކަކޫ ލަންބައިލާށެވެ. އަދި ކަނާތް ވައްޓައިލާފަ ވާއަތް އުޅަބޮށްޓާ ހަމައިން ލަންބައިލައި ކުރިއަށް ގެންނާށެވެ. އަދި ކުރިން ނުވަދިހަ ޑިގްރީއަށް ލަންބައިފައި ހުރި ފައި ފޮޓޯއިން ފެންނަ ގޮތަށް ސީދާ ކޮށްލާށެވެ. އަނެއްކާވެސް ދެފައި މައްޗަށް ކޮޅަށް ހުރެ ވާތު ފައިން ތަކުރާރު ކުރާށެވެ.

ލެގް އެކްސްޓެންސަރ ސްޓްރެޗް

ކަކޫ ލަންބައިފައި ފަހަތަށް ގެންނާށެވެ. ހަމައެއާއެކު ފޮޓޯގައިވާ ގޮތަށް ކަނާތް ފަހަތަށް ޖައްސައި ވައަތް ކުރިއަށް ގެންނާށެވެ. ފައި ސީދާކޮށް އަނެއް ފައިން ތަކުރާރު ކުރާށެވެ.

ޕްލާންޓަރ ފްލެކްސަރ ސްޓްރެޗް

ފޮޓޯއިން ފެންނަ ގޮތަށް އުނަގަނޑުގައި އަތްވިއްދައި ކޮޅަށްހުރެ ކަނާތުފައި ކުޑަކޮށް މައްޗަށް ނަގާށެވެ. މިގޮތަށް ހަދާއިރު ކަކޫ ސީދާކޮށް ބަހައްޓަން ހަނދާން ކުރާށެވެ. ފައިގެ އިނގިލިތައް މައްޗަށް ވާގޮތަށް ފައިނަގާ ފިޔަވަޅަށް ބާރު ކޮށްލާށެވެ. ކުރީ ފަހަރު ތަކެކޭ އެއްގޮތަށް ވާތުފައިން ތަކުރާރު ކުރާށެވެ.

ހިޕް އެކްސްޓެންސަރ ސްޓްރެޗް

އުނަގަނޑުންމަތި ކުރިއަށް ޖައްސައި ކަނާތުފައި ކުރިއަށް ޖައްސައި ކަކުލު ހުޅުން ފައި ލަންބާލައި ދުވާއިރު އަތް ގެންދާ ގޮތަށް ވާއަތް ކުރިއަށް ގެންދާށެވެ. އަދި ކުރިން ކުރިއަށް ގެނެސްފައިހުރި ފައި ފަހަތަށް ގެންގޮސް ކަނާތް ކުރިއަށް އަދި ވައަތް ފަހަތަށް ލާށެވެ. ކުރިންހުރި ޕޮސިޝަނަށް ބަދަލުވެ މިގޮތަށް އަނެއްފައިން ތަކުރާރު ކުރާށެވެ.

ޓެގު