English Edition
Dhivehi Edition
ފޮޓޯ: އޭއޯ ނިއުސް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކުލި މި މަހުން ފެށިގެން ދައްކަން އަންގައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ ފްލެޓްތަކުގެ އެއްބަސްވުމުގެ ދަށުން މަހުން މަހަށް ދައްކަވަންޖެހޭ ފައިސާ 01 އޭޕްރިލް 2022 އިން ފަށައިގެން ބަލައިގަންނަން ނިންމާފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަންގެ “މައިހުޅުމާލެ: ވެބް ޕޯޓަލް ލިންކް (https://my.hdc.com.mv) އިން ފްލެޓަށް ފައިސާ ދެއްކޭނެ ކަމަށެވެ. އެގޮތަށް އޮންލައިން ކޮށް މިވަގުތު ފައިސާ ދެއްކޭނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ކާޑުގެ ޒަރީއާއިން ކަމުގައި ކަމަށް އެޗްޑީސީން ބުންޏެވެ.

އެހެންނަމަވެސް އެޗްޑީސީގެ މައި އޮފީހަށް ނަގުދު ފައިސާ އާއި ޗެކު އަދި ބޭންކް ކާޑުން ވެސް ފައިސާ ދެއްކެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓުގެ މަހު ކުއްޔަށް 7،500 ރުފިޔާ ނަގާއިރު، ސަރވިސް ފީގެ ގޮތުގައި 1،000 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.

ހިޔާ ފްލެޓްތަކަށް ކުލި ނަގަން މިފަށަނީ ދެ ފަހަރެއްގެ މަތިން ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ފަހުގައެވެ. އެގޮތުން ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެ ފަހަރުގެ މަތީން 7 މަސްދުވަސް ވަނީ ފްލެޓް ލިބުނު ފަރާތްތަކަށް ދީފައެވެ.

ސަރުކާރުން އެ މުއްދަތު ދީފައިވަނީ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ކުރުމަށް ފްލެޓް ލިބުނު ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައެވެ.

1 ކޮމެންޓް
ކިނބޫ
އޭޕްރީލް 4, 2022
gina sababuthakaahure mi mahu kuli dhekkeykah neiy. "anna mahu" dhekkeynee.