English Edition
Dhivehi Edition
ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް 50 ޕަސެންޓް އިތުރު ޑޭޓާ އާއެކު ދިރާގު ރޯދަ އޮފަރ ތަޢާރަފްކޮށްފިއެވެ.
އެގޮތުން:
1. ދިރާގު މޯބައިލް އެޕުން ޑޭޓާ ހަދިޔާކުރުމުން 100 ޕަސެންޓު އިތުރު ޑޭޓާ ލިބޭނެ
2. ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފްތާ ބަންދެއްގައި ހިލޭ ދެ ޖީބީ ޑޭޓާ
3. އަމިއްލަ ވޮއިސް ޕްލަސް ޕްލޭނުން 50 ޕަސެންޓް ޑިސްކައުންޓު
މީގެ އިތުރުން ޓީވީ ބެލުން އިތުރު މަހެއްގެ ގޮތުގައި ރޯދަމަސް ފާހަގަކުރެވިފައިވާތީ ދިރާގު ޓީވީގެ ކަސްޓަމަރުންނަށް އިތުރު ޗާޖަކާ ނުލާ އިތުރު ޗެނަލްތައް ހިލޭ ބެލޭނެ އިންތިޒާމު ވެސް ޚާއްސަ އޮފަރ އެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ. އަދި ގޯލްޑް ޕެކް ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަސް ފަރާތަކަށް ރޯދަ ވީއްލުން ދޭ ގޮތަށް ވެސް ހަމަޖެހިފައިވެއެވެ.
ދިރާގުން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ދިރާގު ޕޭ މެދުވެރިކޮށް، ފިތުރު ޒަކާތް ވެސް ދެއްކޭނެ ކަމަށެވެ.

ޓެގު