English Edition
Dhivehi Edition

ރޯދައިގެ އަޅުކަން ފުރިހަމައަށް އަދާކުރެވިއްޖެނަމަ، މާތް ﷲ ގެ ޙަޟްރަތުން ލިބޭނެ ޘަވާބާއި ދަރުމައިގެ މަތިވެރިކަން ވަރަށް ބޮޑުކަން މިަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ” ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް އިސްތިޤުބާލު ކުރުމުގެ މައްޗަށް” އެކުލަވާލާފައިވާ އިރު، ޚުތުބާގައި ބުނީ ރަމަޟާން މަހުގައި ކުރަންޖެހޭ މުހިންމު އެއްކަމަކީ މާތް ﷲ ސުބްޙާނަޙޫވަތަޢާލާ މިއުންމަތަށް ފަރުޟު ކުރައްވާފައިވާ ރޯދަ ހިފުން ކަމަށެވެ. އަދި ރޯދަ ފަރުޟު ކުރެއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ އަޅުގަނޑުމެންގެ ކިބައިގައި ތަޤްވާގެ މާތް ސިފަ އަށަގެންނެވުން ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ ކީރިތި ޤުރްއާން ކިޔެވުމުގައި ވީހާވެސް ގިނަ ވަގުތު ހޭދަ ކުރެވޭތޯ ބެލުމަށް ވެސް ހަނދާންކޮށްދީފައެވެ. އަދި މިމައްސަރު މާތް ކުރެވުނު އެއް ސަބަބު ކަމުގައިވަނީ ވެސް ކީރިތި ޤުރްއާން މިމައްސަރުގައި ބާވައިލެއްވުން ކަމަށް ބުނެފައިވެއެވެ.

“ކީރިތި ޤުރްއާނަކީ ނަސޭހަތެކެވެ. ޝިފާއެކެވެ. ރަހުމަތެކެވެ. ހިދާޔަތެކެވެ. ކީރިތި ޤުރްއާނުން ކިޔްވައި ކޮންމެ އަކުރަކަށް ސަވާބާއި ދަރުމަ ދިހަ ގުނައަށް އިތުރުވެއެވެ.” ޚުތުބާގައި ބުންޏެވެ.