English Edition
Dhivehi Edition

މިއަހަރުގެ ރަމަޟާން މަހު ބާއްވާ އުރީދޫ މަސްރޭހުގެ ޕާޓްނަރަކަށް ޑީޓެކް ކުންފުނި ހަމަޖައްސައިފިއެވެ.

މި ރޭހުގެ ޕާޓްނަރއެއްގެ ގޮތުގައި ޑީޓެކް ހަމަޖެއްސުމުން މި ރޭސް ކާމިޔާބު ކުރާ ޓީމަކަށް އެވުންރޫޑް ބްރޭންޑްގެ 8.9 ހޯސްޕަވަރގެ އިންޖީނެއް އެ ކުންފުނިން ވަނީ ހުށަހަޅާފައެވެ.

ޑީޓެކް އަކީ އިންޖީނާއި ޖެޓްސްކީ ފަދަ ތަކެތި ފުޅާދާއިރާއެއްގައި ވިއްކަމުން އަންނަ ކުންފުންޏެކެވެ.

މި މުބާރާތުން އެއް ވަނައަށް ހޮވޭ ޓީމަކަށް 50،000ރ. ލިބޭނެއިރު، އެންމެ ގިނަ މަސް ބާނާ މީހަކަށް 5،000ރ. ލިބޭނެއެވެ. އަދި އެންމެ ބަރު މަސް ބާނާ މީހަކަށް 5،000ރ. ގެ އިނާމެއް ލިބޭނެއެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، އުރީދޫ މަސް ރޭސް މި އަހަރު ބާއްވާއިރު، 23 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއީ މިއަހަރުގެ ރޭހުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރި ޢަދަދު ވެސް މެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވާ މުބާރާތް ނުބޭއްވި ދެ އަހަރުގެ މެދުކެނޑުމެއް އައީ ކޮވިޑް-19 ގެ ޢާލަމީ ބަލިމަޑުކަމުގެ ސަބަބުންނެވެ.