English Edition
Dhivehi Edition

ރަމަޟާން މަހު ގޭބިސީތަކުން ކުނި ނަގާނީ ރޭގަނޑު އަށަކުން މެންދަމު ބާރައަށް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯ އިން ބުނީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9 ން ހަވީރު 5 ޖަހަންދެން އަދި ރޭގަނޑު 8 ން ދަންވަރު 1 ޖަހަންދެން ލިބޭނެ ކަމަށެވެ. މި ޚިދުމަތް ހުކުރު ދުވަހު ދޭނީ މެންދުރުފަހު 2 ން ހަވީރު 5 އަށް އަދި ރޭގަނޑު 8 ން ދަންވަރު 1 ޖަހަންދެން ލިބޭނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން ކޮމަރޝަލް ކަލެކްޝަން ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 9 ން ހަވީރު 4 ޖަހަންދެން އަދި ރޭގަނޑު 10 ން ފަތިހު 4 ޖަހަންދެން ކުރިއަށް ގެންދާނެކަމަށާއި ހުކުރު ދުވަހު ކުނި ނަގާނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 10:00 އިން ފަތިހު 4:00 އަށް ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

“ރަމަޟާން މަހު މާލެ ސަރަހައްދުގައި ކޯލް އެންޑް ޕިކް-އަޕް ސަރވިސް ގެ ޚިދުމަތް ދޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް. ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށް. މި ޚިދުމަތް ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށް.” ވެމްކޯ އިން ބުންޏެވެ.

ވެމްކޯ އިން ބުނީ އެ ކުންފުނީގެ މައި އޮފީސް ހުޅުވާފައި ހުންނާނީ އާދީއްތަ އިން ބުރާސްފައްޗަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ. އަދި ކޯލް ސެންޓަރުގެ ޚިދުމަތް ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ރޭގަނޑު 9:00 އިން 00:00 އަށް އަދި ހުކުރު ދުވަހު ރޭގަނޑު 9:00 އިން 00:00 އަށް ކޯލް ސެންޓަރުގެ ޚިދުމަތް ދޭނެ ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

ވެމްކޯ އިން ބުނީ ރޯދަ މަހު މަގުމަތި ފޮޅައި ސާފުކުރާނީ ރޭގަނޑު 9:00 އިން ދަންވަރު 3:00 އަށް ކަމަށެވެ.

ޓެގު