English Edition
Dhivehi Edition

ދިރާގު ޗެއަރމަންގެ އެވޯޑު ޕްރޮޑަކްޓް ޑިވެލޮޕްމެންޓް އިންޖިނިއަރު އިބްރާހިމް ޔާސިރަށް ލިބިއްޖެއެވެ.

އޭނާއަށް މި އެވޯޑް އޭނާއަށް ލިބުނީ މިދިޔަ އަހަރު ކާމިޔާބު ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދިއުމުންނެވެ.

އިބްރާހިމް ޔާސިރަށް މި އެވޯޑު ޙަވާލުކޮށްފައިވަނީ ދިރާގުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނާއި އެންމެ ގިނަ ދުވަހު ވަޒީފާގައި އުޅުނު މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދިނުމަށް ކްރޮސް ރޯޑުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ދިރާގުގެ އަހަރީ އެވޯޑް ހަފްލާގައި އެ ކުންފުންޏަށް 10 އަހަރާއި 15 އަހަރު އަދި 25 އަހަރު ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަން ކޮށްފައިވާއިރު، އޭގެތެރޭގައި އެ ކުންފުންޏަށް ގިނަ ދުވަހު މަސައްކަތް ކުރި 102 މުވައްޒަފަކަށް ވަނީ އެވޯޑް ދީފައެވެ.

މީގެ އިތުރުން 14 މުވައްޒަފަކަށް ޑިވިޝަން މެރިޓް އެވޯޑު ދީފައިވާއިރު، ސްޕެޝަލް މެރިޓް އެވޯޑު 12 މުވަައްޒަފަކަށް އަދި އިނޮވޭޝަން އެވޯޑު ތިން މުވައްޒަފަކަށް ދިން އިރު ދެ މުވައްޒަފަކަށް އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް ވަނީ ދީފައެވެ.

ދިރާގުގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރަން ސްޓާފް އެވޯޑް ނައިޓަކީ ކޮންމެ އަހަރަކު ވެސް އަންނަނީ ބާއްވަމުންނެވެ.

ޓެގު