English Edition
Dhivehi Edition

ދޫގަސް ހުރި އިމާރާތުގައި 120 އެނދުގެ ހޮޓަލެއް ތަރައްޤީކުރުމަށް ގަން އިންޓަރނޭޝަން އެއަރޕޯޓަށް ދިނުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހީމް ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ރޭ ދެއްވި މާހެފުމުގެ ތެރެއިން ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ހަނދާންތައް އައު ކުރައްވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި ބޭއްވި ކެންޕެއިންގެ އެންމެ ފަހު ޖަލްސާގައި ކައުންސިލުން އެމަނިކުފާނަށް އެރުވި އައްޑޫ ސިޓީ ތަރައްޤީކުރާނެ ގޮތުގެ ވައުދު ނާމާއާ އެއްގޮތަށް މިހާރު ސަރުކާރުން އެކަންކަން ފުރިހަމަކުރަމުން އަންނަކަމުގައެވެ.

މި ގޮތުން ދޫގަސް ހުރި އިމާރާތުގައި 120 އެނދުގެ ހޮޓަލެއް ތަރައްޤީކުރުމަށް ގަން އިންޓަރނޭޝަން އެއަރޕޯޓަށް ދިނުމަށް ނިންމާފައިވާކަމަށެވެ.

ވަޒީފާގެ ދަތިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، ހެރެތެރެ ރިޒޯޓްގެ އެއްބައި މިހާރު ހުޅުވައި ޚިދުމަތްދެމުން އަންނަކަމަށާއި ލަސްތަކެއް ނުވެ ޝަންގްރިއްލާ ވެސް އޮޕްރޭޝަނަށް ގެނެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.