އިރާގުގެ އުތުރުން އޮންނަ އަސްކަރީ މަރުކަޒަކާއި ތެޔޮ ވަޅުތަކެއް އިރާގު އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންނަށް ކުރުދީންނާ ހަނގުރާމަ ފަށައިފިއެވެ.
އުތުރު އިރާގުގެ ކިރްކުކް ކައިރީގައި އޮންނަ މި އަސްކަރީ މަރުކަޒު އަދި ތެޔޮވަޅުތައް ހިފުމަށް ކުރިމަތިލުން ފެށިފައިވަނީ ހޯމަ ދުވަހުގައެވެ. މިއީ އައިއެސްގެ ބާރުގެ ދަށަށް މީގެ ތިން އަހަރު ކުރިން ދިއުމުގެ ކުރީގައި އިރާގު ސިފައިންގެ ބެލުމުގެ ދަށުގައި އޮތް ސަރަހައްދެކެވެ.
މިކަމާ ގުޅިގެން އިރާގުގެ ބޮޑު ވަޒީރު ޓްވިޓާރ ގައި ބުނެފައިވަނީ އެނާގެ އަސްކަރީއްޔާ އަށް ރައްޔިތުން ހިމާޔަތް ކުރުމަށް ވަނީ އަންގާފަ ކަމަށެވެ.
ކުރުދީންގެ މީޑިއާއިން ބުނެފައިވަނީ ދެކޮޅުން ވެސް ހަމަލާތައް ބަދަލު ކުރަމުންދާ ކަމަށާއި، ކުރުދީން އެމީހުން ތިބި ސަރަހައްދު ދިފާއު ކުރުމަށް ނިކުމެފައިވާ ކަމަށެވެ.
މިދިޔަ މަހު ކުރުދީން މިނިވަންކަމަށް ނެގި ވޯޓުގެ ސަބަބުން ބަޤްދާދުގައި އޮންނަ މައި ސަރުކާރާއި އިރާގުގެ އުތުރުން އޮތް ކުރުދީންގެ ސަރުކާރާއި ދެމެދު ބޮޑެތި ޚިޔާލު ތަފާތު ވުން ތަކެއް ވަނީ އުފެދިފައެވެ.
މީގެ ކުރިންވެސް ކިރުކުކް އަކީ އެބަޔެއްގެ ބާރުގެ ދަށަށް ގެނައުމަށް ކުރިމަތިލުން ތަކެއް ހިނގާފައިވެއެވެ. ނަމަވެސް މިފަހަރު ކުރުދީންގެ ބާރުގެ ދަށަށް ގޮސްފައިވާނީ 2014 ވަނަ އަހަރު އައިއެސް ހަނގުރާމަ ވެރިން އިރާގު ސިފައިން ފަހަތަށް ޖައްސާލާ ، އެ ސަރަހައްދު ހިފުމަށްފަހު ކުރުދީންގެ ބެލުމުގެ ދަށަށް އެ ސަރަހައްދު ގެނައުމުންނެވެ.
ކުރުދީން ޕެޝްމަރގާ އަކީވެސް އަދި އިރާގު ސިފައިންނަކީ ވެސް އެމެރިކާއިން ތަމްރީނު ކޮށް ހަތިޔާރުގެ އެހީތެރިކަން ފޯރު ކޮއްދީފައިވާ ދެފަރާތެވެ. އަދި މި ދެފަރާތަކީ ވެސް އެމެރިކާގެ އަށް ވާގިވެރި ވެދޭ ދެފަރާތެވެ. ނަމަވެސް އެމެރިކާއިން ވެސް ކުރުދީންގެ މިނިވަންކަމަށް ނަގާފައިވާ ވޯޓާ ދެކޮޅެވެ.
އިރާގުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އިރާގުގެ ގިނަ އަދަދެއްގެ ފުލުހުން އަދި ސިފައިން ވަނީ ކިރުކުކްގެ ބޭރު ސަރަހައްދަށް ޖަމާވެފައެވެ. އަދި މި ސަރަހައްދުގެ ގިނަ ތަންތަން ކުރިމަތިލުމަކާ ނުލާދަނީ ބެލުމުގެ ދަށަށް ގެންނަމުންނެވެ.