English Edition
Dhivehi Edition

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރުގެ ކާރުގައި އިންޑިއާ އައުޓް ލިޔެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަގޮތުގައި މޭޔަރުގެ ކާރުގައި ލިޔެފައިވަނީ ސްޕްރޭ ފުޅިއެއް ބޭނުންކޮށްގެންނެވެ.

ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި ނިޒާރުގެ ކާރުގައި ބޮޑުކޮށް “އިންޑިއާ އައުޓް” ސްޕްރޭއިން ލިޔެފައިވަނީ ރޭ ދަންވަރު 02:00 ގެ ފަހުން ކަމަށެވެ.

މިކަމާއި ގުޅިގެން މޭޔަރ ނިޒާރު ވިދާޅުވީ މިއީ އިދިކޮޅު ބައެއް ފަހަތުގައި ތިބެގެން ކޮށްފައިވާ ކަމެއް ކަމަށާއި މި ކަންތަށް އެ ފަރާތްތަކުން ޒިންމާ ނަގަން ޖެހޭނެކަމަށެވެ.

އެ މައްސަލަ މިހާރުވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

“އިންޑިއާ އައުޓް” ހަރަކާތަކީ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ހިންގާ ހަރަކާތެކެވެ. މި ހަރަކާތް ފަށާފައިވަނީ ރާއްޖޭގައި ތިއްބި އިންޑިއާ ސިފައިން ބޭރުކުރުމަށެވެ.