English Edition
Dhivehi Edition

ބޭނުންވާާ ތަކެތި: 2 މޭޒުމަތީ ސަމުސާ ބަޓަރު 4 މޭޒުމަތީ ސަމުސާ ތެޔޮ 1 ފިޔާ ކުދިކޮށް ކޮށާފައި 4 ލޮނުމެދު ކުދިކޮށް ކޮށާފައި 1 ބައި ޖޯޑު މުގުރި މިރުސް ބައި ޖޯޑު މުގުރި ދިރި 1 ޓޯމާޓޯ ކުދިކޮށް ކޮށާފައި 2 މޭޒުމަތީ ސަމުސާ ތާޒާ ކޮރިއެންޑާ ، ކުދިކޮށް ކޮށާފައި 2 ބައި ޖޯޑު ކުކުޅު ( ކަށިނެތް ކުކުޅުފައިގެ މަސް) ކުދިކޮށް ކޮށާފައި 1 ޖޯޑު ގާނާފައި ހުރި ޗީޒް 4 ރޮށި ( ރޮށީގެ ބޮޑުމިން “10 ވަރު) ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް   ތައްޔާރުކުރާނެ ގޮތް: ބަޓަރު އަދި ތެޔޮފޮދު ހޫނުކޮށްލުމަށްފަހު ކުކުޅު އަޅައިގެން ދެބައިކުޅަ އެއްބަޔަށް ރޯފިލުވާށެވެ. އޭގެ ފަހުގައި ފިޔާ، ލޮނުމެދު، މުގުރި ދިރި، އަދި މުގުރި މިރުސް އަޅާލާށެވެ. 5 ވަރަކަށް މިނެޓް ވަންދެން ކައްކާ ކުމަށްފަހު ތާޒާ ކޮރިއެންޑާރ އަދި ޓޮމާޓޯ އަޅާށެވެ. ލޮނު އަދި އަސޭމިރުސް އަޅައިގެން ރަހަ ހެޔޮވަރުކޮށްލާށެވެ. އިތުރު 2 މިނެޓް ވަންދެން ކައްކާލުމަށްފަހު އުނދުން ނިއްވާލާށެވެ. އެއަށްފަހު ޗީޒް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. ތައްޔާރުކުރި މަސްގަނޑު، ރޮށިތެރެއަށް އަޅައިގެން ރޯލް ކޮށްލުމަށްފަހު ތެލުލާށެވެ. ރޯލް ކުރާއިރު ކުރާނީ ކީމިޔާ ރޯލް ކުރާހެން އެތެރެއަށް ތެޔޮ ނުވަންނާނެ ގޮތަކަށެވެ. މި ރެސިޕީ ފިހެގެންވެސް ބޭނުންކުރެވިދާނެއެވެ.

  • ހާޝިމުގެ ރެސިޕީއިން ނަގާފައި