English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުވައްމުލައް ސިޓީ އިން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

މިއަދު ހަވީރު ރައީސް ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވިއިރު، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި، ސަރުކާރުގެ އިދާރަތަކުގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުންވަނީ ފުވައްމުލަކު އެއާޕ‏ޯޓަށް އެއްވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅުތަކުގެ ބޭނުމަކީ މި ދެސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމާ އެމަނިކުފާނު ވަޢުދުވެވަޑައިގަންނަވާފައިވާގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމެވެ.

ރައީސްގެ ދަތުރުފުޅާ ދިމާކޮށް، މިއަދު ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ދެ ދުވަހުގެ ދަތުރުފުޅެއްގައި ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާފައެވެ.

ރައީސް އައްޑޫއާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ މާރޗް 28 ވަނަ ދުވަހުއެވެ.