English Edition
Dhivehi Edition

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި މެލޭޝިޔާގެ އިންޓަރނޭޝަންލް ސެންޓަރ ފޯ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސް އަދި އިސްރާ އިންޓަރނޭޝަނަލް ކޮންސަލްޓިންގ އެސް.ޑީ.އެން ބީ.އެޗް.ޑީ އާއި އެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ އިސްލާމީކް ފައިނޭންސްގެ ދާއިރާ އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި މެލޭޝިޔާގެ އިންޓަރނޭޝަންލް ސެންޓަރ ފޯ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސް އަދި އިސްރާ އިންޓަރނޭޝަނަލް ކޮންސަލްޓިންގ އެސް..ޑީ.އެން ބީ.އެޗް.ޑީ ގުޅިގެން މަސައްކަތްކުރުމަށްޓަކައި އެކުލަވާލެވޭ އެމް.އޯ.ޔޫ އެކެވެ.

މި އެއްބަސްވުމުގެ ދަށުން އިސްލާމިކް ފައިނޭންސް ދާއިރާގެ ކޯސްތައް ހިންގާ، އެ ކޯސްތަކުން ލިބޭ ނަފާ 3 މުއައްސަސާގެ މައްޗަށް އެއް އުޞޫލެއްގެ ދަށުން ބެހިގެންދާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ވައިސް ޗަންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އަދި އިސްރާ އިންޓަރނޭޝަނަލް ކޮންސަލްޓިންގ އެސް.ޑީ.އެން ބީ.އެޗް.ޑީ ގެ ފަރާތުން ސޮއިކުރެއްވީ އިސްރާ އިންޓަރނޭޝަނަލް ކޮންސަލްޓިންގ އެސް.ޑީ.އެން ބީ.އެޗް.ޑީ ގެ ރައީސް އަދި ސީ.އީ.އޯ ޕްރޮފެސަރ ޑާޓޯ ޑރ. އާޒްމީ އުމަރެވެ.

މި ރަސްމިއްޔާތުގައި ދެ ޔުނިވަރސިޓީގެ މެނޭޖްމެންޓް ލެވެލްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.