English Edition
Dhivehi Edition
ރޯޒްމީޑް އަޙްމަދު ޢަލިދީދީގެ ހަނދާނީ ޤުރްއާން މުބާރާތުން 1 ވަނަ ހޯދި ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން

ޒިކުރާ ސްކޫލުގެ ފަރާތުން ކުރިއަށް ގެންދިޔަ ،ރޯޒުމީޑް އަޙުމަދު ޢަލިދީދީގެ ހަނދާނީ ޤުރުއާން މުބާރާތް 1443 އިން އެއްވަނަ ،ޏ އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ޙާޞިލުކޮށްފިއެވެ. އެކި ޢުމުރުފުރާތަކަށް ބައިވެރިވި ވެވޭގޮތަށް ޒިކުރާއިން ހުޅުވާލި މި މުބާރާތުގައި ޏ އަތޮޅު ތަޢުލީމީމަރުކަޒުގެ ދަރިވަރުން ވަނީ ގިނަ ވަނަތަކެއް ޙާސިލުކޮށްފައެވެ.

ޏ.އަތޮޅުތަޢުލީމީ މަރުކަޒުގެ ވަކިވަކި ދަރިވަރުންނަށް ލިބިފައިވާ ވަނަތަކަށް ބަލާލާއިރު، 16 އަހަރުންދަށުގެ ނުބަލާކިޔެވުމުގެ ގޮފިން ގަދަ ފަހެއްގައި ، މަރިޔަމް ހުނާ ހުސެއިން އަދި އައިޝަތު ތަނާލް ރިފުއަތު ހިމެނިފައި ވެއެވެ.އަދި 16 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން ގަދަފަހެއްގައި،ފާޠިމަތު ޖައިޝާ ޙުސެއިން،އާއިޝަތު އަޒުހާ ބިންތި ޢާމިރު،އާމިނަތު ޢައިނީ އަޙުމަދު ހިމެނިފައިވެއެވެ.

18 އަހަރުން ދަށުގެ ނުބަލާކިޔެވުމުގެ ގޮފިން ގަދަ ފަހެއްގައި މަރިޔަމް ޔަމްހާ އަޙުމަދު ،އައިޝަތު މަންހަލް ޙުސެއިން،އާމިނަތު ޔޫޙާ ޙުސެއިން ހިމެނިފައިވެއެވެ. 18 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ބައިން ގަދަފަހަކަށް ހޮވިފައިވަނީ އައިސަރު އިބުރާހިމް މުޙައްމަދު، މުހައްމަދު ޔޫހު ސާމިއު، ޚަދީޖާ ހޫރިއާ އަޙުމަދު ، ދަހާ އަޙުމަދު ވަސީމް، އައިޝަތު ޒާމާ އިބުރާހިމް އެވެ. އަދި 18 އަހަރުން މަތީ ބަލައިގެން ކިޔެވުމުގެ ބައިން ނޫޙު ޢަލީ ޢަބްދުﷲއާއި އަޙުމަދު މާއިސް ވަނީ ހިމެނިފައެވެ.

މި ޤުރުއާން މުބާރާތުން ޏ އަތޮޅު ތަޢުލީމީ މަރުކަޒަށް ލިބިފައިވާ އެހެނިހެން ކާމިޔާބީތަކަށް ބަލާލާއިރު މުޅި މުބާރާތުން ވަނަ ލިބިފައިވަނީ ޏ އަތޮޅުތަޢުލީމީ މަރުކަޒުގެ ދަރިވަރު އައިޝަތު ޔޫހާ ޙުސެން އަށެވެ. މުޅި މުބާރާތުން ދެވަނަ ލިބިފައިވަނީ އައިޝަތު މަންހަލް ޙުސެއިން އަށެވެ. އަދި މުޅި މުބާރާތުން އެއްވަނަ ލިބިފައިވަނީ އައިޝަތު އަޒުހާ ބިންތި ޢާމިރުއާއި އާމިނަތު ޢައިނީ އަހުމަދަށެވެ.

ސިޓީގެ ހުރިހާ ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލްތަކުން ދަރިވަރުން ބައިވެރިވި މި މުބާރާތުގައި އެއްވަނަ ސްކޫލަކަށް ޏ އަތޮޅުތަޢުލީމީ މަރުކަޒު ހޮވިފައިވާއިރު ދާދިފަހުން ނަތީޖާ އިޢުލާންވެގެންދިޔަ 34ވަނަ ގައުމީ ޤުރުއާން މުބާރާތުންވެސް ޏ.އަތޮޅު ތަޢުލީމީ މަރުކަޒުވަނީ ރަންވަނަ ތަކެއް ޙާސިލުކޮށްފައެވެ. ރަނގަޅު އިނާމުތަކެއް ލިބޭގޮތަށް އިންތިޒާމުކުރެވުނު، ރޯޒުމީޑް އަޙުމަދު ޢަލިދީދީގެ ހަނދާނީ ޤުރުއާން މުބާރާތް 1443ގެ ނަތީޖާ ފާޅުކޮށްފައިވަނީ މިމަހު 23 ވަނަ ދުވަހުގައެވެ.