English Edition
Dhivehi Edition

ގެމަނަފުށި ކައުންސިލް ޤުރުއާން މުބާރާތް 2022 ގެ ފަޚުރުވެރި އެއްވަނަ އަލްވިން އަހުމަދު ޞާލިޙް ހާސިލްކޮށްފިއެވެ.

މި މުބާރާތުގެ ދެވަނަ ޒާނާ އިބްރާހީމް ސާމިން ހާސިލުކުރިއިރު. ތިންވަނަ ހާސިލްކުރީ މުހައްމަދު ނާމީ ޙުސައިންއެވެ.

ގެމަނަފުށި ކައުންސިލް ޤުރުއާން މުބާރާތުގެ އެއްވަނަ ޢުމްރާ ދަތުރަކާއި 5000 ރުފިޔާ ލިބުނުއިރު، ދެވަނައަށް 3000 ރުފިޔާ އަދި ތިންވަނައަށް 2000 ރުފިޔާ ވަނީ ދީފައެވެ. އަދި ޓްރޮފީ ވެސް ވަނީ ދީފައެވެ.

މި މުބާރާތައް ޓްރޮފީ ހަދިޔާ ކޮށްދެއްވާފައިވަނީ ސިތާނާ ހޯމްވެއަރ އިންނެވެ. އެކަމަށްޓަކައި ކައުންސިލުން ވަނީ ސިތާނާ ހޯމްވެއަރ އިން މިފަދަ ކަންކަމުގައި ކައުންސިލަށް އަބަދު ވެސް ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

މުބާރާތުގެ ފަނޑިޔާރުކަން ކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ފަނޑިޔާރުންކަން ފާހަގަ ކޮށްލަން ޖެހެއެވެ.