English Edition
Dhivehi Edition

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދަޢުވާގެ ޝަރީއަތް އަލުން ފަށަން ހައިކޯޓުން އަމުރުކޮށްފިއެވެ.

މަހްލޫފުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މަހްލޫފާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މުހިންމު ހެކިތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައި ނެތުމުން މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައެވެ.

މިނިސްޓަރ މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާކުރަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން 33،000 ޑޮލަރު ނެންގެވި ކަމަށް ބުނެއެވެ. ކް

ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ މަހްލޫފަށް 33،000 ޑޮލަރު ލިބުނުކަން ސާބިތު ކުރެވެން އޮތްނަމަވެސް އެ ފައިސާއަކީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއްކަން ސާބިތުކޮށްދެވޭނެ ކަމަށް ނުފެންނަ ކަމަށެވެ.

އެހެންވެ، ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންގޮސް ހެކިބަސް ނެގިޔަސް އެ ދައުވާ ސާބިތު ކުރެވޭނެ ކަމަށް ނުފެންނާތީ އެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި، ދައުވާ ބާތިލްކުރީ ކަމަށް ވެސް މިސްބާހު ވިދާޅުވިއެވެ.