އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ނ. ހޮޅުދޫއަަށް ތައާރަފްކޮށްފިއެވެ.
100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު މި ޚިދުމަތް ތަޢާރަފް ކުރުމާއިގުޅިގެން އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފެންވަަރު ރަނގަަޅު އިންޓަރނެޓްގެ ޚިދުމަތް މުހިއްމު ކަމަށެވެ. އަދި އެ ކުންފުނުން ކެނޑިނޭޅި މަސައްކަތްކުރަަމުން ދަަނީ %100 އާބާާދީ އަަށް ފިކްސްޑް ބްރޯޑްބޭންޑް ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
“މިދިޔަަ އަހަރެކޭ އެއްފަަަދަައިންް މި އަަހަރުވެސް ގިނަ ރަައްްތަަކަަަކަަށް މި ޚިދުމަަތް ފޯރުކޮށްދިނުމަށް ރޭވިފައިވޭ. އެގޮތުން މިއަދު އަޅުގަނޑުމެން މިވަަަނީ ސުޕަރނެޓްގެ ޚިދުމަތް ނ. ހޮޅުދޫއަށް ތައާރަފްކޮށް، ހޮޅުދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދީފަަ. ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ޚިދުމަތް އެކުލެވޭ މި ޕެކޭޖތަަަކަަކީ މާކެޓްގަައި އެންމެ ރަަނގަޅު ޕެކޭޖްތަައް.” ނިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ނިޔާޒު ވިދާޅުވީ ކުރިއަށްއޮތްް ތަނުގައިވެސް ދިވެހިންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަަށް މަންފާވާނެ ފަދަ ޚިދުމަަތްތަަައް ފޯރުކޮށްްްްދިނުމުގަަައި އުރީދޫ ދެމިތިބޭނެ ކަަަމުގެ ޔަަަގީންކަން އަަރުވަާ ކަމަށެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.
މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަރނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. އަދި ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެއެވެ.