English Edition
Dhivehi Edition

“ސާފު ތިމާވެށި ދުޅަހެޔޮ މުޖުތަމައު” ގެ ނަމުގައި ތިމާވެއްޓާބެހޭ މިނިސްޓްރީން ހިންގާ ކްލައިމެޓް ޗޭންޖު އެޑަޕްޓޭޝަން ޕޮރޮޖެކްޓް (ސީކެޕް) އިން އިސްނަގައިގެން ކުރިޔަށް ސާފުކުރުމުގެ ހަރަކާތް ހުޅުމީދޫގައި ވެސް ކުރިއަށް ގެންގޮސްފިއެވެ.

މިހަރަކާތުގައި ސ.މީދޫ ގައި”ނަލަފެހި” ޖަމިއްޔާ އިން އިސްނަގައިގެން ގިނަ އަދަދެއްގެ ރައްޔިތުންނާއެއްކޮށް މިހަރާކާތް ކުރިޔަށް ގެންދިޔައިރު ހުޅުދޫ ގެ ވަރަށް ގިނަރައްޔިތުން ނިކުމެ އެރަށްވެސް ސާފުކޮށްފައިވެއެވެ.

“ނަލަފެހި” ޖަމްއިއްޔާ އިން މައުލޫމާތު ދެއްވިގޮތުގައި ސާފުކުރުމުގެ ހަރަކާތުގައި މަޖުދުއްދީނު މަގު،ޝަމްސުއްދީން ސްކޫލް އިންފެށިގެން އިރަށް، ސްޓޭޑިޔަމް ހުންނަ ސަރަހައްދުން ފެށިގެން “ބުރިކެޑެ” މަގާހަމަޔަށް، “ގަނޑުވަރި ފަންނުން” ފެށިގެން ދެކުނަށް، މީގެ އިތުރުން އެއްގަމާއި ގޮނޑުދޮށް އަދި މަގުތަކު ގައި ހުރި ގިނަ އަދަދެއްދެއްގެ ޑަސްބިން ގޯނީގެ ކުނި ނަގައިފައިވެއެވެ.

މީގެ އިތުރުން “ނަލަފެހި” ޖަމިއްޔާ އިން ވަނީ ހަވީރު ރުއްއިންދުމުގެ ހަރަކާތެއްވެސް ކުރިޔަށް ގެންގޮސްފައެވެ. މިހަރަކާތަކީ މިޖަމިއްޔާ އިން ފެށި “2000” ރުއް އިންދުމުގެ” ހަރަކާތުގެ ދަށުން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ. މިހަރަކާތުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. މިހަރަކާތް ކުރިޔަށް ގެންދިޔުމަށް ގިނަ އަދަދެއްގެ ކުޑަ ކުދީން ބައިވެރިވެފައިވާ ކަން “ނަލަފެހި” ޖަމިއްޔާއިން ވަރަށް އުފަލާ އެކީ ފާހަގަކުރާކަން ހާމަކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތަނުގަވެސް ވަރަށް ގިނަ ކަންތައް ތައް ރަށް ސާފްކޮށް ބޭއްވުމަށް ރޭވިފައިވާކަންވެސް އެފަރާތުން ފާހަގަ ކުރެއްވިއެވެ.

“ނަލަފެހި” ޖަމިއްޔާ އަކީ ރަށުގެ ޒުވާނުން އިސްނަގައިގެން ރަށުތެރެ ސާފުކޮށް ރީތިކޮށް ބެލެހެއްޓުމަށް އުފެއްދި ޖަމިއްޔާ އެކެވެ. މިހާ ތަނަށް މިޖަމިއްޔާ އިން ވަނީ ރަށް ސާފްކުރުމުގެ ވަރަށް ގިނަހަރަކާތް ތައް ބާއްވާފައެވެ. މީގެ އިތުރުން ބޮޑެތި މީހުންނާއި ކުޑަކުދީން ނަށް ހާއްސާ ފިނި މައިޒާންތައްވެސް ހުޅުވަދީފައެވެ.