English Edition
Dhivehi Edition

ހައްދުންމަތީ ގަން ތުނޑީ އަވަށުގެ ވޮލީކޯޓު ކައިރީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެމީހަކަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގީ ގަމު ތުނޑީ އަވަށުގެ ވޮލީކޯޓު ކައިރިން ސިނާއީ ބޮޑުމަގުން ދެ ސައިކަލް ޖެހިގެން ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ ފިރިހެނަކާއި، 30 އަހަރުގެ ފިރިހެނަކަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މިހާދިސާ ހިނގާފައިވަނީ މިރޭ 21:22 އެހައިކަންހާއިރު އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަބްދުލް ހަންނާން ވިދާޅުވީ ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. “ދެ މީހުންގެވެސް ގައިގެ ބައެއް ތަންތަނުން މަށައިގެން ގޮސްފައިވަނީ. އެކަކު އެބައުޅޭ ކަނދުރާއަށް ތަދުވެގެން. އިރާދާ ކުރެއްވީތީ އެއްވެސް ސީރިއަސް އަނިޔާއެއްނެތް. އެ މީހުން ދޫކުރާނީ ސައުވީސްގަޑިއިރު ބެލުމަށްފަހު،” ހަންނާން ވިދާޅުވިއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

ޓެގު