English Edition
Dhivehi Edition

ފެންލައިނަށް ވަޅުފެން ލައިން ގުޅައި ކްރޮސްކަނެކްޝަން ހަދާފައިވާ ގެތަކުން ފެނުގެ ޚިދުމަތް ކަނޑައިލާނެކަމަށް ފެނަކަ ކޯޕަރޭޝަން، ފުވައްމުލައް ބްރާންޗުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން އިއްޔެ އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ދޫކޮށްފައިވާ ފެނަކީ ބޯން ބޭނުންކުރާ ފެނަކަށްވާތީ، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ކޯޕަރޭޝަންގެ ޒިންމާއެއް ކަމަށެވެ،

ފެންލައިނަށް ވަޅުފެން ގުޅާފައި ހުރުމުގެ ސަބަބުން ފެނުގެ ނެޓްވޯކަށް ވަޅުފެނުގެ އަސަރުކުރަމުންދާކަން ފާހަގަކޮށް ފެނަކައިން ބުނީ އެކަމަކީ އެނާޖީ އެތޯރިޓީއިންވެސް މަނާކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެފަދަ ގޮތަކަށް ކަނެކްޝަން ހަދާފައިވާ ގެތަކުން ފެނުގެ ޚިދުމަތް ކަނޑައިލެވޭނެކަމަށް ފެނައިކަން ވަނީ ބުނެފައެވެ.

ފުވައްމުލައް ސިޓީގައި ފެނާއި ނަރުދަމާގެ ހިދުމަތް ފަށާފައިވަނީ 13 ސެޕްޓެމްބަރު 2018 ގައެވެ.