English Edition
Dhivehi Edition
ފޮޓޯ: އޭއޯ ނިއުސް

މިއަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 27 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ނެރުނު ތަފާސް ހިސާބަށް ބަލާއިރު، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު 256 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު މި ޢަދަދުވަނީ 325 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، ޔޫ.އޭ.އީ އަދި އިންޑިއާ އާއި ޗައިނާއެވެ.

އޮމާން އިން 621 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޔޫ.އޭ.އީ އިން 613 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި އިންޑިއާ އިން 509 މިލިއަން ރުފިޔާގެ މުދާ، ޗައިނާ އިން 442 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.